ހަބަރު

އޮންލައިން ކޯސްތަކެއްގައި ބައިވެރިވާން ހުޅުވާލައިފި

ޕާކިސްތާނުގެ ޔުނިވާސިޓީތަކެއްގައި އޮންލައިންކޮށް ހިންގާ ސްޓެމް ފީލްޑް އާއި ގުޅުން ހުރި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ކޮމްސްޓެކް އާއި ލާތިފް އިބްރާހިމް ޖަމާލް ނޭޝަނަލް ސައިންސް އިންފޮމޭޝަން ސެންޓަރާއި، ޔުނިވާސިޓީ އޮފް ކަރާޗީން ހިނގާ ސްޓެމް ފީލްޑް އާއި ގުޅުން ހުރި އޮންލައިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްޓޭމް ފީލްޑަކީ ސައިންސް އެންޑް ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތްގެ ދާއިރާ އެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވާސިޓީއެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.