ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަޒޫރު އެއާއިން އަނެއްކާ ވެސް ރާއްޖެއަށް ޗާޓަރުތަކެއް ފަށަނީ

Nov 17, 2020

އަޒޫރު އެއާއިން އަނެއްކާވެސް ރާއްޖެ އާއި ރަޝިއާއާ ދެމެދު ޗާޓަރު ދަތުރު ތަކެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮވިޑް-19 އާ ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެއަށް ދަތުރު ކުރި ރަޝިއާގެ އަޒޫރު އެއާއިން ބުނި ގޮތުގައި މިމަހުގެ ފަހުކޮޅު އެ އެއާލައިނުން ރާއްޖެ އަށް ފަށާ ޗާޓަރު ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިން 777 ގެ ފްލައިޓްތައް ކަމަށެވެ.

އަޒޫރު އެއާއިން ރާއް ޖެއަށް ކުރާ ދަތުރުތައް އޮންނާނީ ހަފުތާއަކު އެއް ދުވަހު އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެވެ.

ރަޝިއާ އިން ފްލައިޓެއް ރާއްޖެ އަށް ފަށާއިރު، މިހާރު އެ ގައުމުގެ ގައުމީ އެއާލައިން އޭރޯފްލޯޓް އިން ދަނީ އުދުހެމުންނެވެ. އަދި އެ އެއާލައިނުން މިހާރު ވަނީ ރާއްޖެ އަށް ބާއްވާ ފްލައިޓުގެ އަދަދު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވި ފަހުން މިހާތަނަށް 51,354 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ވެސް ރަޝިއާ އިން ނެވެ. އެ ގައުމުން 11,240 ޓޫރސްޓުން އައިސްފައިވެ އެވެ.

ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ރާއްޖެ އަށް 25 ފްލައިޓަކުން ދަތުރު ފަށާނެ އެވެ. މި ފްލައިޓުތައް ފަށާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ މުހިންމު މާކެޓުތައް ވެސް ހިމެނެ އެވެ.