ހަބަރު

ޒިޔަތު މިއަދުވެސް ފުލުހަށް ހާޒިރުކޮށްފި

Oct 19, 2015
1

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު އަނެއްކާ ވެސް ފުލުުސް އޮފީހަށް ހާޒިރު ކޮށްފި އެވެ.

އެހެން ނަމަވެސް އޭނާ ހާޒިރު ކުރާނެ ވަގުތެއް އަދި ސަބަބެއް ވެސް ފުލުހުން ނުބުންޏެވެ. ހަމައެކަނި ބުނީ ޒިޔަތު ހާޒިރު ކުރަނީ ތަހުގީގު ކުރާ މައްސަލައެއްގައި ސުވާލު ކުރަން ކަމަށެވެ. އިއްޔެ ވެސް ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ފަސް ގަޑިއެއްހާ އިރު ވަންދެން އޭނާ ވަނީ ފުލުހުންގެ އިދާރާގައި ބޭން ދުމަށް ފަހު އެންމެ ފަހުން ދޫކޮށްލައިފަ އެވެ. އެމްއެމްޕީއާރުސީގެ އޮފީސް ފާސް ކުރުމަށް ފަހު އެތަން އަދިވެސް ހުރީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ޒިޔަތު ދިރިއުޅުއްވާ ގެވެސް ވަނީ މިފަހުން ފާސްކޮށް އެއްޗިހިތަކެއް ގެންގޮސްފަ އެވެ.