ހަބަރު

ފުލުހުންނަށް ހެދިގެން ފޭރުނު އިތުރު ދެމީހުން ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސް ބައެއް ކަމަށް ބުނެ ބަޔަކަށް ބިރު ދައްކާ ފޭރުނު މައްސަލައިގެ އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މަޖީދީމަގުގައި ހިންގަމުންދާ "ފަރިވާ ސްޓޭ" އިން ފޭރުނީ މި މަހު 11 ގަ އެވެ. އެ ތަނަށް ތިން މީހަކު ވަދެ އެ ވަގުތު ޑިއުޓީގައި ތިބި ތިން މުވައްޒިފުންގެ އަތުގައި އެ މީހުން ވަނީ ކޭބަލް ކްލިޕް އަޅުވާ، އެ މީހުންނަކީ ފުލުހުންގެ އިންޓެލިޖެންސް ބައެއް ކަމަށް ބުނެ ފޭރިފަ އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު މި ހަފްތާ ތެރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ 43 އަހަރުުގެ މީހަކާއި 38 އަހަރުުގެ މީހެކެވެ. އެއީ ދިވެހި ފިރިހެނުންނެވެ. މި މައްސަލައިގައި ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަހުގީގު ނިންމުމަށް 15 ދުުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.

ފުލުހުން އިތުރަށް ބުނީ، ފަރިވާ ސްޓޭ އިން ފޭރުނު ބައެއް ތަކެތި މިހާރު ހޯދާފައި ކަމަށެވެ.