ހަބަރު

ކުޑަކުދިންނަށް ބައިވެރިވޭ ގޮތަށް ވާޗުއަލް ދުވުމެއް ބާއްވަނީ

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކުޑަކުދިންނަށް ހާއްސަ ކޮށް ވާޗުއަލް ދުވުމެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

މި ދުވުން އިންތިޒާމު ކުރާ "ރަން ފޯ މޯލްޑިވްސް" އިން ބުނީ މި ދުވުން ބާއްވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔުނިސެފް އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ގުޅިގެން މާދަމާ ކަމަށެވެ. އަދި މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުން މިހާރު ހުޅުވާލާފައިވާއިރު، މި ދުވުމުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. ދުވުމުގައި ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބައިވެރިވެވޭއިރު ދުވުން ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް މެޑަލްއެއް ލިބޭނެ އެވެ.

ދުވުމުގެ ބައިވެރިންނަށް ބޭނުން ހިސާބަކަށް (ޑިސްޓޭންސް) އަކަށް ދުވޭގޮތަށް ހުޅުވާލެވޭ މި ދުވުމުގައި މަގުސަދަކީ 5000 ކިލޯ މީޓަރު ހަމަކުރުން ކަމަށާއި ދުވުމުގައި ބައިވެރިވާ ފަރާތްތަކެއް ދުވާ ހުރިހާ ޑިސްޓޭންސެއް އެއްކޮށްގެން 5000 ކިލޯ މީޓަރު މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ހަމަ ކުރެވޭނެ އެވެ.

މީގެ އިތުރުން ރަން ފޯ މޯލްޑިވްސް އިން ބުނީ ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީހަކީ މާދަމާ ހަވީރު 4:00 ކަމަށާއި ބައިވެރިން ދުވެ ނިންމާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 6:00 އަށް ކަމަށެވެ.