އެމްއެންޑީއެފް

ސިފަައިންގެ އޮފިސަރަކު ސެނެޓައިޒާ މެޝިނެއް އުފައްދައިފި

ސިފަައިންގެ އޮފިސަރަކު ސެނެޓައިޒާ މެޝިނެއް އުފައްދައިފި އެވެ. އޮޓޮމެޓިކް ސެނެޓައިޒާ މެޝިނެއް އުފައްދާފައިވަނީ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް އެވެ.

މި މެޝިން މިނިސްޓަރު މާރިޔާއަށް މިއަދު ވަނީ ހަދިޔާ ކުރައްވާފައެވެ. ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރައްވާ ޝަރީފް މި މެޝިން އުފެެއްދީ ލޮކްޑައުންގެ ތެރޭގައި ލިބުނު ޗުއްޓީގައެވެ.

1.5 ލީޓަރުގެ ސެނެޓައިޒާ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް ވަނީ ނިންމާފައެވެ. މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުން ވާ ވަރަށް ސެނިޓައިޒް ކުރެވޭ މެޝިނެކެވެ.

މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ އުފެއްދުންތެރި މަސައްކަތަށް ތައުރީފު ކުރައްވާ ހިތްވަރު ދެއްވާފައެވެ.

ދިވެހިރާއްޖެއަށް ސިއްހީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.