ވިޔަފާރި

"އާޗާ ޕްރިޕެއިޑް" ރީޗާޖު އަހަރަކު އެއް ފަހަރު

Nov 21, 2020

ފޯނުން ލާރި ހުސްވެގެން އިރުއިރު ކޮޅަކާ ކަންމަތީ ފިހާރަ އަށް "ރާސްޓަސް" އަޅަން ދުވުމަކީ ފަސޭހަކަމެއް ނޫނެވެ. މި ކަމަށް އުރީދޫން މިވަނީ ދާއިމީ ހައްލެއް ގެެނެސްދީފަ އެވެ. އެ ކުންފުނިން އަލަށް ތައާރަފު ކުރި "އާޗާ ފްރިޕެއިޑް" ގެ ސަބަބުން އަހަރަކު އެއް ފަހަރު ޕްރިޕެއިޑް ފޯނު ރީޗާޖުކޮށްލައިގެން މުޅި ދިގު މުއްދަތަށް ފުއްދާ ލެވިދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އާޗާ ޕްރިޕެއިޑް ޕްލޭން ނަގާ ފަރާތްތަކަށް ތިން މަހާއި ހަ މަސް ދުވަހު އަދި އަހަރު އެއް އަހަރު ރީޗާޖު ކޮށްލައިގެން ފުއްދާ ލެވިދާނެ އެވެ.

އުރީދޫން ބުނީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ޕެންޑަމިކް އާއި ގުޅިގެން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި އޮފީސް މަސައްކަތާއި، ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އިންޓަނެޓްގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅެއްގައި އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފް ކުރެވިފައިވަނީ، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ފައިދާ ތަކެއް ލިބޭ ގޮތަށް ކަމަށެވެ.

އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އާ ޕްރިޕެއިޑް ޕްލޭންސް "އާޗާ ޕްރިޕެއިޑް" އަކީ ޕްރިޕެއިޑް ގެންގުޅޭ ފަރާތް ތަކަށް ގިނަ ފައިދާ ތަކެއް ލިބޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްލޭން ތަކެއް ކަމަށެވެ.

"އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކޮށްލުމުން އެއް ފަހަރު ރިޗާރޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ 12 މަހަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސް އެމް އެސް ކޮންމެ މަހަކު އާވެ. މެދުކެނޑުމެއްނެތި އާއިލާ އާއި ރައްޓެހިންނާއި އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށް ވެސް މަގު ފަހިވެގެން ދާނެ. އަޅުގަނޑުމެން އަބަދު ވެސް މި މަސައްކަތްކުރަނީ މި ފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާއި އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭ ތޯ،" ނިޔާޒު ވިދާޅުވި އެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްގެ އަގުތައް

  • ޗާ ޕްރިޕެއިޑް 3 މަސް: އަގު 750ރ. (5 ޖީބީ ޑޭޓާ އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް، އެހެން ނެޓްވޯރކް ނަންބަރުތަކަށް 25 މިނެޓް 50 ލޯކަލް އެސްއެމްއެސް)
  • ޗާ ޕްރިޕެއިޑް 6 މަސް: އަގު 1500ރ. (3.5 ޖީބީ ޑޭޓާ އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް އެހެން ނެޓްވޯކް ނަންބަރުތަކަށް 50 މިނެޓް 100 ލޯކަލް އެސްއެމްއެސް)
  • އާޗާ ޕްރިޕެއިޑް 12 މަސް: އަގު 3000ރ. ( 3.5 ޖީބީ ޑޭޓާ އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް
  • އެހެން ނެޓްވޯކް ނަންބަރުތަކަށް 100 މިނެޓް 200 ލޯކަލް އެސްއެމްއެސް)

އުރީދޫ އާޗާ ޕްރިޕެއިޑް ޕްލޭންތައް އުރީދޫ އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް "3" (3 މަހުގެ ޕްލޭން)، "6" (6 މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެހުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި 1#*929* އަށް ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވިދާނެ އެވެ.