ބޭރު ކުޅިވަރު

ސިޓީ އަށްް ބޯނީ ވިއްކާލަން ސްވަންސީ އިން އެއްބަސްވެއްޖެ

ސްވަންސީ ސިޓީ އަށް ކުޅެމުންދާ އައިވަރީ ކޯސްޓްގެ ފޯވަޑް ވިލްފްރެޑް ބޯނީ މެންޗެސްޓާ ސިޓީ އަށް ވިއްކާލަން ސްވަންސީ އިން އެއްބަސްވެއްޖެ އެވެ.

މި ސީޒަންގައި މިހާތަނަށް ނުވަ ލަނޑު ޖަހާފައިވާ ބޯނީ ސިޓީ އަށް ވިއްކާލަން ސްވަންސީ އިން އެއްބަސްވީ 28 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

ސްވަންސީގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 12 މިލިއަން ޕައުންޑަށް ނެދަލޭންޑްސްގެ ވިޓެސޭ އާންހެމް އިން ސްވަންސީ އަށް ބޮނީ 2013 ވަނަ އަހަރެވެ. ބޯނީ އަކީ މިދިޔަ އަހަރު ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. ބޯނީ އަކީ ސްވަންސީ އިން މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިއާ އެވެ.

 ބޯނީގެ ޓްރާންސްފާގެ ހުރިހާ ކަމެއް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދެ ކްލަބުން އުންމީދުކުރެ އެވެ.