ހަބަރު

އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އީސީގެ މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާތީ ހުސްވެފައިވާ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާ ކަމަށެވެ.

އީސީން މަގާމެއް ހުސްވީ ކޮމިޝަނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު އަކްރަމްގެ އިސްތިއުފާ ދެއްވުމުންނެވެ، އޭނާ އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އީސީގެ މެންބަރު ކަމުން އޭނާ ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

މެމްބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ މި މަހު 30 އިން ފެށިގެން ޑިސެމްބަރު ދެވަނަ ދުވަހަށެވެ.