ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

14،000 އަށްވުރެ ގިނަ އެނދު ނުހެދި އެބަހުރި

Nov 24, 2020
1

ރާއްޖޭގައި ރިސޯޓު ހަދަން ދޫކޮށްފައި ހުރި ރަށްރަށުގައި 14،000 އަށް ވުރެ ގިނަ އެނދު ނުހެދި އެބަހުރި ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހުން ހާމަ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނަމުން ދިޔައީ ރާއްޖޭގައި ނުހެދި ހުރީ 70 ވަރަށް ރިސޯޓު ކަމަށެވެ. ނަމަވެސް ޓޫރިޒަމް ގާނޫނަށް އިސްލާހު ނެގުމަށް ސަރުކާރުން ބިލް ހުށަހަޅުއްވަމުން، އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި 2012 ވަނަ އަހަރުން ފެށިގެން ނުހެދި 85 ޓޫރިޒަމް ޕްރޮޕަޓީ އެބަހުރި ކަމަށެވެ.

"މީގެތެރޭގައި 61 ރަށާއި 24 ފަޅާއި 14،650 ބެޑް ނުހެދި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި ހުއްޓިފައި އެބަހުރި. މި ބާބުން އެ ފަރާތް ތަކަށް ފުރުސަތު ލިބިގެން ދޭ އިންޓަގްރޭޑެއް ޓޫރިޒަމަށް ބަދަލު ކުރެވޭނެ. އެހެންވީމަ ރަށުގެ އެއްބައި ނޫނީ އެއްފަޅި ވިއްކާލައިގެން ތަރައްގީ ކުރުމުގެ މަގު ފަހި ވެގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާހަމަ އަށް ރާއްޖޭގައި 150 އަށް ވުރެ ގިނަ ރިސޯޓު ހިންގި އެވެ. އަދި މި ރިސޯޓުތަކުގެ އެނދުގެ އަދަދު 50،000 އަށް އެރި އެވެ.