ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިޔާ ވެކްސިނުގެ އަގަކީ 20 ޑޮލަރު

Nov 25, 2020

ރަޝިޔާއިން އުފެއްދި، ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން، "ސްޕޮޓްނިކް ވީ" ގެ އަގު 20 ޑޮލަރަށް ވުރެ ހެޔޮވާނެ ކަމަށާއި ސްޕޮޓްނިކް ވީ އަންނަ ޖެނުއަރީގައި ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކަން ފަށާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

މި ވެކްސިން ބާޒާރަށް ނެރޭއިރު އެމެރިކާގެ ފައިޒާ އާއި ބަޔޯންޓެކްގެ އިތުބާރު ބޮޑު ވެކްސިން އަންނަ ޑިސެމްބަރު މަހުގައި އެމެރިކާގެ މީހުންނަށް ދޭން ފަށާނެ އެވެ.

ސްޕޮޓްނިކް ވީގެ ދެ ޑޯޒު އަގު 20 އެމެރިކާ ޑޮލަރަށްވުރެ ހެޔޮވާނެ ކަމަށް ބުނާއިރު ބައެއް ރިޕޯޓްތައް ބުނަނީ ޑޯޒެއްގެ އަގަކަށް ވާނީ 10 ޑޮލަރު ކަމަށެވެ.

ރަޝިޔާގެ ވެކްސިން ޑަބްލިޔުއެޗްއޯއިން ރިވިއު ކުރުމަށް ފަހު ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހުއްދަ ލިބޭނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ވެކްސިން ހޯދަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ގިނައީ މެދުތެރޭ އޭޝިއާގެ ގައުމުތަކާއި ފަގީރު ގިނަ ގައުމުތަކެވެ. ބޮޑެތި ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ތުރުކީ، އަރިބި ބައެއް ގައުމުތަކުން ރަޝިޔާގެ ސްޕޮޓްނިކް ވީ ހޯދަން އެދިފައި ވެއެވެ.

ސެޕްޓެމްބަރު މަހު ރަޝިއާ އިން ސްޕޮޓްނިކް ވީ ނެރުނީ ފަހު މަރުހަލާ ފުރިހަމަ ނުކޮށެވެ. ނަމަވެސް މިހާރު ވަނީ އެ މަރުހަލާ ވެސް ނިންމާފަ އެވެ. ރަޝިއާގެ ވެކްސިން ދިން މީހުން 100 ޕަސެންޓް ކާމިޔާބު ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.