ހަބަރު

އެފްއެލްސީއަށް ބީއެމްއެލް އިން 50،000 ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ފެމިލީ ލީގަލް ކްލިނިކަށް ފައިސާގެ އެހީއެއް ދީފައި ވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހާ ގުޅުވައިގެނެވެ. އެއީ އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި އެ ޖަމިއްޔާއާ އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.