ހަބަރު

ގއ. ވިލިނގިލީގައި ކައުންސިލް މެންބަރަކާއެކު ޖުވާ ކުޅެން ތިބި ދިވެހިންތަކެއް ހައްޔަރުކޮށްފި

Oct 20, 2015

ގއ. ވިލިނގިލީ ގެއެއްގެ ތެރޭގައި ޖުވާ ކުޅެމުން ދިޔަ 12 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވިލިނގިލީގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ އެންމެން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އެ ގެއަށް ފުލުހުން ވަދެ އެ ގެ ބަލައިފާސްކުރިއިރު އަގުބޮޑު ފޯނުތަކާއި ޖުވާކުޅުމަށް ބޭނުންކުރާ އާލާތްތައް ފެނުނު ކަމަށެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ޖުވާ ކުޅެން ތިބި މީހުންގެ ތެރޭގައި އެ ރަށު ކައުންސިލްގެ މެންބަރަކު ވެސް އިންނެވި އެވެ.

ފުލުހުން ގެންދަނީ މި މައްސަލައި ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން ޖުވާ ކުޅެނިކޮށް މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ބިދޭސީންނެވެ.