ދުނިޔެ

ކޮވިޑްގައި ސޫދާން ކުރީގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

Nov 26, 2020

ކޮވިޑް ބަލީގެ އާލާސްކަންފުޅުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސޫދާންގެ ކުރީގެ ބޮޑު ވަޒީރު ސާދިގު އަލް މަހްދީ އަވަހާރަވެއްޖެ އެވެ.

އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ނެރުނު ކުރު ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ އުމުރުފުޅުން 84 އަހަަރުގައި އެ މަނިކުފާނު މިއަދު އަވަހާރަވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފާރުވާ ހޯއްދަވާތާ ތިން ހަފުތާ ވެފައި ވަނިކޮށް ކަމަށެވެ.

ސާދިގު އަލް މަހުދީއަކީ ސޫދާންގެ ފުރަތަމަ ޑިމޮކްރެޓިކް ބޮޑުވަޒީރެވެ. ބަޣާވާތަކުން އޭނާގެ ވެރިކަން ނިމުމަކަށް ގެނައީ ރައީސް އުމަރު އަލް ބަޝީރު އިސްވެ 1989 ވަނަ އަހަރު އެވެ. އަދި ފަހުން އުމަރު އަލް ބަސީރުގެ ވެރިކަމުގައި އިދިކޮޅު ފަރާތެއްގެ ގޮތުގައި ސާދިގު މަހުދީ ހުންނެވި އެވެ.