މާރިޔާ އަހުމަދު ދީދީ

މިނިސްޓަރު މާރިޔާ، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު މާރިޔާ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ހަތަރުވަނަަ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ލަންކާގެ ސެކިއުރިޓީ އޮފް ޑިފެންސްގެ ދައުވަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެކެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މަހުގެ 27 އަދި 28 މި ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަންބޯގައެވެ. ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ބައްދަލްވުުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެ-އިންޑިއާ-ލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލްވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގަލްދޭޝް، މޮރިޝަސް އަދި ސީޝެލްސްއިން ބައިވެރިވާނެ އެވެ.