ހަބަރު

ކުޅޭ އެއްޗެހީގެގޮތު ބަޑިބޭސް ކޮންޓެއިނާއެއް އެތެރެކުރި މައްސަލަ ބަލަނީ

Oct 20, 2015
1

ރައީސް އަބްދުﷲ ޔާމީންގެ ދަރުފުޅު ކުރައްވަނިކޮށް ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އޮޅުވާލައިގެން ރާއްޖެއަށް ބަޑިބޭސް ކޮންޓެއިނަރެއް އެތެރެ ކުރި މައްސަލައެއް ފެންމަތިވެ އެކަން ބަލަން ފަށައިފިއެވެ.

އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޖުނައިދު ވިދާޅުވީ ބަޑިބޭސް ކޮންޓެއިނަރެއްގެ މައްސަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް ތަފުސީލެއް ނެތް ކަމަށެވެ. ނަމަވެސް ވިދާޅުވީ އެ ކޮންޓެއިނާ އެމްޕީއެލް އިން ހޭންޑްލް ކުރި ކަމަށާއި އެ ކޮންޓެއިނާ އެތެރެކޮށްފައި ވަނީ ކުޅޭ އެއްޗެހީގެ ގޮތުގައި ކަމަށެވެ. އަދި ފަހުން އެ ކޮންޓެއިނާ ގެންދިޔައީ ހުޅުމާލެއަށް ކަމަށެވެ.

"މިއީ އަޅުގަނޑު އެމްޕީއެލްއާ ހަވާލުވުމުގެ ކުރިން ހިނގައިގެން އުޅޭ ކަމެއް މީގެ ތަފުސީލްތައް އެނގޭނީ ކަސްޓަމްސް އާއި އެމްއެންޑީއެފަށް" ޖުނައިދު ވިދާޅުވި އެވެ.

މި ކޮންޓެއިނާ އެތެރެކޮށްފައި ވަނީ ފިނިފެންމާގައި ބޮން ގޮއްވުމުގެ ކުރިންނެވެ. މި މައްސަލަ އެމްޕީއެލްއާއެކު ފުުލުހުން ބަލަމުން އަންނަ ކަމަށް ވެސް އަޑުތައް ފެތުރިފައިވާއިރު ފުލުހުން ބުނީ "ތި މައްސަލައާ ގުޅިގެން ފުުލުހުން ދޭނެ ކޮމެންޓެއް ނެތް،" ނެތް ކަމަށެވެ.

މި މައްސަލަ އެމްޕީއެލް އިން ކަށަވަރުކޮށްދިން އިރު އޮޅުވާލައިގެން ބަޑިބޭސް ކޮންޓެއިނަރެއް އެތެރެ ކުރީ އެމްޕީއެލްގެ ބޯޑް މެންބަރު ކަމުގައި ހުންނަވަނިކޮށް މިދިއަ ހަފުތާގައި ވަކި ކުރި ތެމާ އަހުމަދު ސިޔާމުގެ ކުންފުންޏެއް މެދުވެރިކޮށް ކަމަށް ވެސް ހަބަރުތައް ވަނީ ފެތުރިފައެވެ. ޝިޔާމްގެ އެ ކުންފުނިން ބަޑިބޭސް ކޮންޓެއިނާ ގެނައީ އެމްއެމްޕީއާރްސީން އެދިގެން ކަމަށް ވެސް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި މި ބަޑިބޭސް ކޮންޓެއިނާ ކްލިއާ ކުރަން ވެސް ޝިޔާމް ވަޑައިގެންނެވި އެވެ. އޭނާއާއެކު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޮޅުވާލައިގެން އެތެރެ ކުރި ބަޑިބޭސް ކޮންޓެއިންނާ ކްލިއާކޮށްގެން ގެންދިޔައީ ކަސްޓަމްސްގެ އިސް ވެރިޔަކާވެސް ގުޅިގެނެވެ. އެ ކޮންޓެއިނާ ހުޅުމާލެއިން ގެންގޮސްފައިވާ ތަނެއް މިހާތަނަށް ވަނީ ސާފު ނުވެއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ޕާސްޕޯޓް ވެސް ވަނީ ބޮމުގެ ހަަމަލާއަށްފަހު ހިފަހައްޓާފަ އެވެ. އަދި އޭނާ އުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކޮށްފައިވާއިރު އެމްއެމްޕީއާރްސީ ވެސް ވަނީ ސިފައިންނާއި ފުލުހުންގެ ވަދެ ފާސްކޮށްފައެވެ.

މީގެ އިތުރުން ދެފަހަރެއްގެ މަތިން ޒިޔަތު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އެމްއެމްޕީއާރްސީ ހުރީ އަދިވެސް ފުުލުހުންގެ ބެލުމުގެ ދަށުގަ އެވެ.