ކޮވިޑް ބަލި ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ބަލި ޖެހިގެން މަރުވި 47 ވަނަ މީހާ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރޭގެ ވަގުތެއްގައި މަރުވީ ހުޅުމާލޭގައި ހުންނަ ކޮވިޑަށް ފަރުވާދޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 39 ދިވެހިން މަރުވެފައިވާއިރު އަށް ބިދޭސީއަކު ވަނީ މަރުވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13،000 އަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ.