ހަބަރު

ރާއްޖޭން އޭޝިއާ ޕެސިފިކް ފިނޭންސް މިނިސްޓަރުގެ ބައްދަލުވުމުގައި ބައިވެރިވެއްޖެ

Dec 2, 2020
1

ރާއްޖޭން އޭޝިއާ ޕެސިފިކް ރީޖަންގެ ފިނޭންސް މިނިސްޓަރުންގެ ބައްދަވުމުގައި ބައިވެރިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ފެނާއި ނަރުދަމާ އަދި ސާފު ތާހިރުކަމާއި ސިއްހަތަށް ލިބިފައިވާ މާލީ ވަސީލަތްތައް މިހާރަށް ވުރެ ރަނގަޅަށް ބޭނުން ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެޑައިގަތީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މި ބައްދަލުވުން އިންތިޒާމު ކުރަނީ، ސަރަހައްދީ ގައުމުތަކުގެ ސަރުކާރާއި އެހީދޭ ފަރާތް ތަކާއި އާއްމު ޖަމިއްޔާ ޖަމާއްތަކާއި އަދި ތަރައްގީއަށް އެހީތެރިވާ އެހެނިހެން ފަރާއްތަކާއި އާއްމުކޮށް ފެނާއި ސާފު ތާހިރުކަމުގެ ވަސީލައްތައް ފޯރުކޮށްދޭ ފަރާތްތައް ގުޅިގެންނެވެ.

މި ޖަލްސާ އިންތިޒާމު ކުރާ ސެނިޓޭޝަން އެންޑު ވޯޓާ ފޯ އޯލްއަކީ، އެންމެނަށް ފެނާއި ސާފު ތާހިރުކަމުގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޕާޓްނާޝިޕް އެކެވެ.