ހަބަރު

މަގުމަތީން ޖިންސީ ގޯނާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

Dec 3, 2020
1

މާލޭގެ މަގުމަތީން ދިވެހި އަަންހެނެކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރި މައްސަލަ ހުށަހެޅުމުން ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 ޖެހި އިރު އެ މއްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އިންޑިއާގެ އުމުރުން 54 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ތަފުސީލެއް ނުދެ އެވެ.