ހަބަރު

ވައްކަން ކުރަން ފިހާރައެއްގެ ޓިނު ނަގަން އޮތް މީހަކު ހައްޔަރުކޮށްފި

Oct 21, 2015
2

ވައްކަން ކުރަން ފިހާރައެއްގެ ފުރާޅުން ޓިނު ނަގަން އޮތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދިވެހި އެމީހާ ހައްޔަރު ކުރީ ވައިޖެހޭމަގގައި ހުންނަ މިނީ އެމްޕޯރިއަމް ފިހާރައިގެ ފުރާޅުމަތީގައި މީހަކު އުޅޭކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާއެކު ރޭ މެންދަމު ކަމަށެވެ.

ފުލުހުން ގޮސް ބެލިއިރު، ޓިނު ނައްޓަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއެކު ޓިނު ނެއްޓުމުގައި މަސައްކަތުގައި އެ މީހާ އޮއްވާ ވަނީ ފެނިފައެވެ. އިތުރަށް ބެލިބެލުމުން، އޭރު ވެސް ފުރާޅުން ގިނަ އަދަދެއްގެ އިސްކުރު ހުރީ ނައްޓާފަ އެވެ.

މި މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާއި މުދަލަށް ގެއްލުންދިނުމުގެ ރިކޯޑް އޮންނަ މީހެކެވެ.