އާދަމް ޝަރީފު އުމަރު

ހިޔާނާތުގެ ހަގީގީ ލިސްޓް ހާމަކުރާކަށް ނުކެރޭނެ: ޝަރީފް

އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު --
0%
0%
0%

ރާއްޖެ މާކެޓް ކުރަން އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރި މީހުންގެ ހަގީގީ ލިސްޓް ހާމަކުރަން މި ސަރުކާރަށް ނުކެރޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ ބޮޑު ހިޔާނާތުގެ ތަހުގީގުކޮށް ހިޔާނާތެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަންކަން ބެލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. ނަމަވެސް މިހާތަނަށްވެސް ދައުލަތުން ގެއްލުނު އެއްވެސް ފައިސާއެއް ނުވަތަ އެ ފައިސާއިން މިންވަރެއްވެސް ހޯދިފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބް ރައީސް އަހުމަަދު އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.

އާދަމް ޝަރީފް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބޮޑު ހިޔާނާތުގެ ހަގީގީ ލިސްޓް މި ސަރުކާރަށް ހާމަކުރަން ނުކެރޭނެ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާވެސް މި ސަރުކާރަށް ހޯދާ ނުދެވޭނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345