ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖޯ ބައިޑަންގެ ކޮވިޑް ޓީމާ ޑރ. އެންތަނީ ފައުޗީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޖޯ ބައިޑަންގެ ކޮވިޑް ޓީމާ، ޑރ. އެންތަނީ ފައުޗީ ބައްދަލު ކުރައްވާނެ އެވެ. ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލެއް ފަރާތުން މިކަން ވަނީ ކަށަވަރުވެފަ އެވެ

ޑރ. ފައުޗީ ކޮވިޑް ރެސްޕޮންސް ޓީމާ ބައްދަލު ކުރައްވަނީ، ނޭޝަނަލް އިންށްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަން ޑިސީޒްގެ ޑައިރެކްޓަރުގެ ހައިސިއްޔަތުންނެވެ.

އޮޮންލައިން ވާޗުއަލް ބައްދަލުވުމެއްގެ ގޮތުގައި ބާއްވާ އެ މަޝްވަރާއަކީ ބައިޑަންގެ ފަރާތްޕުޅުން ސިއްހީ އިސް ވެރިންނަށް އިރުޝާދު ދެއްވައި، ކޮވިޑާ ގުޅޭ މަސައްކަތްތަކުގައި އިދާރާތައް ގުޅިގެން ނިންމަން ޖެހޭ ކަންކަން ހަލުއިވާނެ ކަމެކެވެ.

އެމެރިކާގައި ކޮވިޑް ޖެހޭ މީހުނާއި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުން އަންނަނީ އިތުރުވަމުންނެވެ. އެމެރިކާއިން މިހާރު ތަޖުރިބާކުރަނީ އެ ގައުމަށް މިހާތަނަށް އެރި އެންމެ ބާރުގަދަ ކޮވިޑް ބާނިތަކެވެ. އާ ކޭސްތައް 200،000 އަށް ވުރެ އިތުރުވެފައި ވާއިރު، ކޮވިޑްގައި ބުދަ ދުވަހު ވެސް 2،800 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްކުރެވިފައި ވެއެވެ.

ޑރ. ފައުޗީ އަކީ މަގާމާ ގުޅޭ ގޮތުން އެންމެ މުހިންމު ނިންމުންތައް ނިންމާ މީހާ އެވެ. ކޮވިޑްގައި ދުނިޔެ ނުވަ މަސް ގުނާފައި ވާއިރު، ސަހަލު ވަކި ގައުމެއް، ހާލަތުން އަރައިގަނެވިފައިވާ ވަކި އާބާދީއެއް އަދި ނެތެވެ.

އެމެރިކާގައި ސަރުކާރު ބަދަލަވަމުން މި ދަނީ، ސަރުކާރާ ސިއްހީ އިދާރާތަކާ ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއަރައި، އާންމުންނަށް ދޭންޖެހޭ ފަރުވާއަށް ކަމޭހިތަން ދަތިވެފައި ވަނިކޮށެވެ. ޓްރަމްޕް ވެރިކަމުގައި ހުންނަވައި، ރައީސްގެ ހައިސިއްޔަތުން އެކުވެރި މާހައުލެއް އުފެއްދިފައެއް ނުވެ އެވެ. އެހެން ނަމަވެސް ބައިޑަންއާ މެދު ސިއްހީ އިދާރާތަކަށް އޮތް އުންމީދު ވަރަށް ބޮޑެވެ.