ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސެނެޓްގައި ކޮވިޑް ރިލީފް ބިލަށް ބަހުސް ފަށައިފި

އެމެރިކާގެ ސެނެޓްގައި 1.9 ޓްރިލިއަން ޑޮލަރުގެ ބިޔަ، ރިލީފް ބިލަށް ބަހުސް ފަށައިފި އެވެ. ބަހުސަށް ފަހު ވޯޓަށް އެހުން އޮންނާނެ އެވެ. މިއީ އޮމާން މަރުހަލާއަކަށް ނުވެދާނެ ކަމަށް މިހާރު ވެސް އޮތީ ބެލެވިފަ އެވެ.

ބިލަށް ބަހުސް ކުރަން ފެށީ ހުކުރު ދުވަހު އެވެ. ހަމަ އެދުވަހު ބަހުސް ނިންމަން ވެސް ކުރީން އޮތީ ކަނޑައަޅާފަ އެވެ. އެއަށް ފަހު އެއްވެސް ކަހަލަ އިސްލާހެއް އޮތް ނަމަ ސެނެޓަރުން ހުށަހަލަން ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ބައިޑަން ސަރުކާރުން ހުށަހެޅި ރިލީފް ބިމް އެ އޮތް ގޮތަށް ފާސްވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ހޭދަކުރުމުގައި ސެނެޓަރުން ކަނޑައަޅާ ގޮތަކުން އަދަދުތައް ތަފާތު ބައިތަކަކަށް ބެހެވިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މައިގަނޑު ސަބަބަކީ ރިޕަބްލިކަނުންނާ ޑިމޮކްރެޓުންގެ ވިސްނުން މިކަމުގައި ތަފާތު ވުމެވެ. ފައިނަލް ވޯޓަކާ ހަމައަށް ދާނީ މި މަރުހަލާތަކަށް ފަހު އެވެ.

ސެނެޓްގައި ރޫހު ހުރީ ބިލް ފާސް ކުރާ ގޮތަށެވެ. އެހެން ނަަމަވެސް އެހީދިނުމުގައި ދަރަޖަކުރަން ޑިމޮކްރެޓުންނަށް ފެންނަ ގޮތް އެއީ ރިޕަބްލިކަނުންނަށް ކަމުދާ ގޮތް ކަމަށް ނުވެ ދިގުދެމިގެން ދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.