ހަބަރު

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަދެވޭ ގަޑިތަކަށް ބަދަލު

Dec 6, 2020

މިއަދުން ފެށިގެން ސަލްޓަން ޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަލްޓަން ޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

ނަމަވެސް، ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް މާލޭގެ އެންމެ ބޮޑު ދެ ޕާކުވެސް ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އިތުރަށް ބުނީ އާދީއްތަ ދުވަހު ދެ ޕާކު ބަންދު ކުރަނީ ޕާކުތަކުގެ ގަސްތަކަށްބޭސް ޖެހުމާއި ،ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާއި، ތަން ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.