ހަބަރު

އިސްލާމިކް ޔުނިވާސިޓީން މާލޭގައި ދަރުސެއް ބާއްވަނީ

Oct 21, 2015

މާލޭގައި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ބާއްވާ ދަރުސް އަކަށް ވޯލްޑް އެސެމްބްލީ އޮފް މުސްލިމްސް ޔޫތުގެ ޑެޕިއުޓީ ސުޕަވައިޒަރު ޑރ. އުމަރު ސުލައިމާން އަލް ހުމައިދީ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ޔުނިވަސިޓީން ބުނެފި އެވެ.

"އިނޮވޭޝަން އެންޑް އެންޓަޕްރެނުއަޝިޕް އެޑިޔުކޭޝަން" ގެ ނަމުގައި ބާއްވާ އެ ދަރުސް އޮންނާނީ މިމަހުގެ 23 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އިސްލާމިކް ޔުނިވާސިޓީގަ އެވެ.

އިނގިރޭސި ބަހުން ދެއްވާ މި ދަރުސްގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ޔުނިވަރސިޓީގެ މުއައްޒަފުންނާއި ދަރިވަރުންގެ އިތުރުން، މަތީތައުލީމުދޭ މުއައްސަސާތަކުގެ މުއައްޒަފުންނާއި ދަރިވަރުންނާއި އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލުތަކުގެ ދަރިވަރުންނަށް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.