ވިޔަފާރި

އުރީދޫން އާޗާ ޑެއިލީގެ ޕެކޭޖުތަކެއް ތައާރަފުކޮށްފި

Dec 6, 2020
1

އުރީދޫ މޯލްޑިވްސް އިން އާޗާ ޕްރިޕެއިޑްގެ މުޅިން އާ ޕްލޭނެއް "އާޗާ ޑެއިލީ 1ޖީބީ" ގެ ނަމުގައި ތައާރަފްކޮށްފި އެވެ.

އުރީދޫން "އާޗާ ޕްރިޕެއިޑް" ޕްލޭންތައް ފަރުމާކޮށްފައިވަނީ މަސް ތަކަށް އެއްކޮށް ނެގުމުގެ އިތުރުން މުޅި އަހަރު ދުވަހު ވެސް އެއް ފަހަރު ފައިސާ ދައްކައި ނެގުމުން ބޭނުން ކޮށްލެވޭ ގޮތަށެވެ. އުރީދޫން މި ފަހަރު މި ވަނީ އާޗާ ޕްރިޕެއިޑް "އާޗާ ޑެއިލީ" ޕެކޭޖުގެ ނަމުގައި ބައެއް އިތުރުކޮށްފަ އެވެ. މި ބައި ފަރުމާކޮށްފައިވަ ނީ މުޅި ހަފްތާ އަށް ނުވަތަ މުޅިމަހު ޕްރިޕެއިޑް ބޭނުން ކޮށްލެވޭ ގޮތަށެވެ.

އުރީދޫ މޯލްޑިވްސް އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ތަފާތު ޕްރޮޑަކްޓް ތަކެއް ގެނެސް ދިނުމަށެވެ. މި ޕެކޭޖުތަކަކީ ރިޗާޖް ކޮށްލައްވައިގެން ކޮންމެ ދުވަހަކުވެސް ޑޭޓާ އާވާނެ ޕެކޭޖު ތަކެއް ކަމަށެވެ.

އުރީދޫގެ އާޗާ ޕްލޭންގައި ހިމެނޭ އާޗާ ވީކްލީ ޕެކްގެ އަގަކީ 150 ރުފިޔާ އެވެ. މި ޕެކޭޖު ނެގުމުން ދުވާލަކު އެއް ޖީބީ ޑޭޓާ ލިބޭ މި ޕެކް ހަފުތާއަކު ބޭނުން ކުރެވެ އެވެ. އަދި އުރީދޫ ނަމްބަރު ތަކަށް އަންލިމިޓެޑް ކޯލް ކުރެވޭނެ އެވެ. އަދި އާޗާ މަންތްލީ ޕެކޭޖުގެ އަގަކީ 500ރ. އެވެ. މި ޕެކުން ދުވާލަކަށް އެއް ޖީބީ ހިމެނޭ ގޮތަށް، 30 ޖީބީ ޑޭޓާ އާއެކު ނަމްބަރު ތަކަށް އަންލިމިޓެޑް ކޯލް ކޮށްލެވޭނެ އެވެ.