ވިޔަފާރި

އުރީދޫ އީ-ކޮމާސް ޕްލެޓްފޯމުން ބޮޑު ޑިސްކައުންޓެއް

Dec 8, 2020

އޫރީދޫ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" ގައި ރަޖިސްޓްރީ ކޮށްގެން ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ފޯރުކޮށް ދެވިދާނެ އެވެ. އަދި މި ޕްލެޓްފޯމުން ވިޔަފާރި ވެސް ކޮށްލެވޭނެ އެވެ. މި ޕްލެޓްފޯމް އުރީދޫ މޮބައިލް ނެޓްވޯކްއެކޭ އެގޮތަށް މުޅި ރާއްޖެއަށް ވަނީ ފެތުރިގަ އެވެ. އެ ވިއުގަ އިން މިވަނީ އަހަރު ނިންމަން ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓު ތަކެއް ވެސް ލިބޭނެ އެވެ.

އަހަރު ނިންމަން "މޫލީ" އިން ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ "ކާނިވަލެއް" ގެ ގޮތުގަ އެވެ. ޕްރޮމޯޝަން ކުރި އަށް ދާއިރު ޕްރޮޑަކްޓް ވިއްކާ 10 ފަރާތެއްގެ ތަކެތިން 50 ފަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކުރިއަށްދާ މުއްދަތުގައި ވިޔަފާރި ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކެއް ހޮވައި އިނާމުތައް ވެސް ދޭނެ އެވެ.

ނަސީބުވެރި ފަރާތްތަކަށް އިނާމު ލިބޭނީ "މޫލީ" ގައި ލިސްޓް ކޮށްފައިވާ 13 ބްރޭންޑަކުންނެވެ. މި ޕްލެޓްފޯމުގައި ލިސްޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކުއިކާ ބިޒް އަދި އައިޓީ ވޯލްޑް އާއި ބްރޭންޑް ލޫމް އަދި ލިންކްސާވްގެ ފޯމެކްސް ހިމެނެ އެވެ.

ރާއްޖޭގެ އެހެން މޮބައިލް ނެޓްފޯކް ތަކުން ވެސް މި ކާނިވަލް ކުރިއަށްދާއިރު ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރި އަށް ދާއިރު، މިމަހުގެ 15 ގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް އެއް ޕްރޮޑަކްޓެއް ކަސްޓަމަރުންނަށް ލިބުމުގެ ފުރުސަތެއް ހުޅުވޭނެ އެވެ.

އުރީދޫން ބުނީ މޫލީގެ ޕާޓްނަރުންނާ އެކު މޫލީ ޓީމުން މަސައްކަތް ކުރަނީ އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. އަދި ހިދުމަތް ދެނީ ވެސް އެގޮތުގައި ކަމަށެވެ.