ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭން ފަށައިފި، ފުރަތަމަ ޑޯޒް 90 އަހަރުގެ އަންހެނަކަށް

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭން މިއަދު ފަށައި، 90 އަހަރުގެ އަންހެނަކަށް ފުރަތަމަ ޑޯޒް ދީފި އެވެ. އިނގިރޭސިވިލާތުން އިޚްތިޔާރުކޮށްފައި ވަނީ ފައިޒާ / ބަޔޮންޓެކުން އުފެއްދި ކޮވިޑް ވެކްސިނެވެ.

"ކޮވިޑް ވެކްސިން ދިން ފުރަތަމަ މީހާއަށް ވުމަކީ ވަރަށް ބޮޑު ޝަރަފެއް،" އަންނަ ހަފުތާގައި 91 އަހަރު ފުރޭ މާގަރެޓް ކީނަން ބުންޏެވެ. "އަހަރެން މިހިރީ ވަރަށް އުފަލުން، އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެތީ"

އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދިނުމަށްޓަކައި މޮބައިލް މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފަ އެވެ. ފުރަތަމަ ފިޔަވަހި 50 އަހަރުން މަތީ މީހުންނަށް އަމާޒުކުރި ނަމަވެސް، އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައި ވަނީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު އުމުރުފުރާ، 80 އަހަރުން މަތީ މީހުންނަށާއި ސިއްހީ އެހީތެރިންނަށެވެ.

ފައިޒާ / ބަޔޮންޓެކް ވެކްސިނަކީ އުފުލާ ގެންގުޅެން ދަތި ވެކްސިނަކަށް ވާތީ، ކޮވިޑްގައި ބޮޑުވަރު ވެދާނެ ކަމަށް ބެލެވޭ މީހުންނަށް ފުރަތަމަ ޑޯޒްތައް ޚާއްސަކުރީ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ.

އިނގިރޭސިވިލާތުން އުންމީދު ކުރަނީ ވެކްސިން ލިބޭ ވަރަކުން، އުމުރުފުރާ އަށް ވެސް ބަދަލު ގެނައުމަށެވެ. ފުރަތަމަ ބުރުގައި އިނގިރޭސިވިލާތަށް ލިބޭ 800،000 ޑޯޒް ދިނުމުގައި އިސްކަން ދޭން ހަމަޖައްސާފައި ވަނީ ވެސް އުމުރަށާއި ހާލަތަށެވެ. ފައިޒާ / ބަޔޮންޓެކުން ކުރި އަށް އޮތް މަސް ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތަރު މިލިއަން ޑޯޒް ސަޕްލައިކޮށްދޭނެ އެވެ.

ފައިޒާ / ބަޔޮންޓެކުން ކޮވިޑް ވެކްސިން އިންޖިނިއާކޮށްފައި ވަނީ މުޅިން އާ ގޮތަކަށެވެ. ބުނެވޭ ގޮތުގައި މިއީ ދުވަހަކު ވެސް ވެކްސިނެއް އުފެއްދި މެކޭނިޒަމެއް ނޫނެވެ.

އިންސާނުންގެ ދިފާއީ ނިޒާމާ ކުޅެލުމަށް ފައިޒާ / ބަޔޮންޓެކުން ކޮވިޑް ވެކްސިން އުފައްދާފައި ވަނީ ކޮވިޑް ވައިރަހުގެ ޖެނެޓިކް ކޯޑް ބޭނުންކޮށްގެންނެވެ. މީގެ ކުރިން ވެކްސިން އުފައްދަނީ އެ ބައްޔެއް ތަބީއީ ދިރުން ބާރު ދެރަކޮށްގެންނެވެ. ފައިޒާ / ބަޔޮންޓެކުން ބުނާ ގޮތުގައި މި ދެ ގޮތުން ކުރެ ކޮންމެ ގޮތަކީ ވެސް ރަނގަޅު ގޮތެވެ. ބޭނުމަކީ ބައްޔާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ހޭލައްވާލައި ހާނުވާލުމެވެ.