ދުނިޔެ

ޗައިނާއާއި ޕާކިސްތާން ގުޅިގެން ވައިގެ ސިފައިންގެ ތަމްރީން ތަކެއް ބާއްވަނީ

ޗައިނާ އާއި ޕާކިސްތާން ގުޅިގެން ބާއްވާ ވައިގެ ސިފައިންގެ ތަމްރީން ތަކެއްގައި ބައިވެރިވުމަށް، ޗައިނާ ވައިގެ ސިފައިންގެ ފައުޖެއް ޕާކިސްތާނަށް ހިނގައްޖެ އެވެ. ޗައިނާގެ މިލިޓަރީން ބުނީ ފަރިތަކުރުންތައް އޮންނާނީ ޕާކިސްތާން އެއާ ބޭސްއެއްގައި ކަމަށެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ފަރިތަކުންތައް ޑިސެމްބަރު ނިމުމާ ހަމަ އަށް ދިގު ދެމިގެން ދާނެ އެވެ. މި ތަމްރީން ތަކަކީ މި އަހަރު ބޭއްވުމަށް ކުރިއާލައި ހަމަޖައްސާފައިވާ ޕްރޮގްރާމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތަމްރީންތަކުގެ މައިގަނޑު ބޭނުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނީ ގުޅުން ބަދަހިކުރުމާއި އުކުޅުތައް އެއްގޮތް ކުރުން ކަމަށެވެ. ދެ ގައުމުގެ ވައިގެ ސިފައިންގެ ފެންވަރު އެއް ހަމައަކަށް ގެނައުން ކަމަށެވެ. އަދި އަމަލީ މައިދާނުގައި ދެ ގައުމުން ހޯދާފައި ހުރި ހުނަރާއި މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

ޕާކިސްތާނާ ޗައިނާ ސިފައިން ދޭތެރެ ދޭތެރެއިން ފަރިތަ ކުރުންތައް ބާއްވަ އެވެ. އެ ސަރަހައްދަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ހަމަނުޖެހުމެއް ހިނގައިދާނެ ފަދަ ސަރަހައްދަކަށް ވާތީ ޗައިނާއާ ޕާކިސްތާނު ސިފައިން އަބަދުހެން ކަހަލަ ގޮތަކަށް ތިބެނީ ތައްޔާރީ ހާލަތުގަ އެވެ. ދެ ގައުމު ގުޅިގެން 2011 ގައި ވެސް ވަނީ ތަމްރީން ތަކެއް ބާއްވާފައިވެ އެވެ.

ޗައިނާ އަކީ ޕާކިސްތާނާ ވަރަށް ގާތް ގައުމެކެވެ. މިލިޓަރީ އެހީތަކުން ފެށިގެން އިގްތިސޯދީ އެހީތެރިކަން ވެސް ޗައިނާއި ން ޕާކިސްތާނަށް ދެ އެވެ. އަދި ވައިގެ ސިފައިން ބޭނުންކުރުމަށްޓަކައި އަމިއްލަ އަށް ފައިޓާ ޖެޓް އުފެއްދުމުގައި ވެސް ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑެވެ.