ވެރިރަށް މާލޭގެ އަމީރު އަހުމަދު މަގުން ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެނެސްފި އެވެ.
ސިޓީ ކައުންސިލުން މި ބަދަލު ގެނައި އިރު މީގެ ކުރިން އެ މަގަކީ މުޅީން އެއްކޮޅަށް ދުއްވާ މަގެކެވެ. ނަމަވެސް ކައުންސިލުން މި ބަދަލު ގެނައުމުން އަމީރު އަހުމަދު މަގުން ގޮސް ޝަހީދު އާދަމް ނަސީރު ހިނގުމުން ފެށިގެން ހުޅަނގަށް ޖުމުހޫރީ ހިނގުމާއި ހަމައަށް ވެސް މިހާރު ދެކޮޅަށް ދުއްވޭނެ އެވެ.
އިއުލާނެއް މެދުވެރިކޮށް ކައުންސިލުން ބުނި ގޮތުގައި ގޮތުގައި މި ބަދަލު ގެނައީ މާލޭގެ މަގުތަކުގައި ޓްރެފިކަށް ހަައްލެއް ހޯދަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.
މީގެ ކުރިންވެސް މާލޭގެ ޓްރެފިކް ފްލޯއަށް މިފަދަ ބަދަލުތައް ދޭތެރެ ދޭތެރެއިން ގެނެ އެވެ. މާލޭ ސިޓީގެ މާލެ އާއި ހުޅުމާލޭގައި ޓްރެފިކާއި އެކްސިޑެންޓްގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.