މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޑްރޯންގެ އެހީގައި ޖަލަށް ތަކެތި ވައްދަން އުޅެފި

ޑްރޯނެއް ބޭނުން ކޮށްގެން ސަރުކާރުގެ މައި ޖަލު، މާފުށީ ޖަލުގެ ތެރެއަށް ބަޔަކު ވައްދަން އުޅުނު ފޯނުތަކެއް ހިފަހައްޓައިފި އެވެ. އޭގެ ތެރޭގައި ވައިފައި ރައުޓަރުތަކެއް ވެސް ހިމެނެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެކަން ޔަގީނކޮށް ދެއްވުމުގެ ގޮތުން ޓްވީޓެއް މިއަދު ކުރައްވާފަ އެވެ.

އޭނާ ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ، ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވައްދަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

ފުޅު އަދި ވިދާޅުވެފައި ވަނީ ޑްރޯނެއްގެ އެހީގައި ޖަލަށް ވައްދަން އުޅުނު އަށް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރަކާއި، ޔޫއެސްބީ ކޭބަލްތަކާކާއި ދެ ސިމް ކާޑު ކަމަށެވެ. އެ ތަކެތީގެ ފޮޓޯ ވެސް އޭނާ ހިމަނުއްވާފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ޑްރޯންގެ ފޮޓޯއެއް ނެތެވެ. އޭނާގެ ޓްވީޓާ ގުޅިގެން ބައެއް މީހުން އެ ޑްރޯން ކޮބައިތޯ ސުވާލުވެސް ކޮށްފައި ވެއެވެ.