ޅައިމަގު

ޅައިމަގު ބަނދަރުގެ މަސައްކަތް ފަށައިފި

ށ. ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ރަށު ބަނދަރުގެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތް ފެށި އިރު އެ ޕްރޮޖެކްޓްގައި ހިމެނޭ ސާމާނު ވެސް ޅައިމަގަށް މިދިއަ ހޯމަ ދުވަހު ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގައި 31،00 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތުށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން މަގު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

ޅައިމަގުގެ އިތުރުން އެހެން ގިނަ ރަށްރަށުގައި ވެ×ް އެމްޓީސީސީ މިފަދަ ގިނަ މަޝްރޫއުތައް ފަށައި ދަނީ ހިންގަމުންނެވެ.