ކަނޑުމަތީގެ ހާދިސާ

މީހެއްގެ ލޮލަށް ބުޅިއެއް ހެރި ޒަހަމްވެއްޖެ

ބުޅި އެޅުމުގެ ސަބަބުން އަނިޔާވި މީހާ ގެންދަނީ: ފަހަކަށް އައިސް މިފަދަ ހާދިސާތައް ގިނަ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅި އެ މީހާ ޒަހާމްވެއްޖެ އެވެ.

އެމްއެމްޑީއފުން ބުނީ ގއ. މާމެންދުއަށް ނިސްބާތްވާ އެ ރަށު "ކޯމަސް" ދޯނީގެ އެ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އެކަފަރު ބޭރުގައި މަސް ބާނަން އުޅުމުގެ ތެރޭ ދޯނީގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށާއި އެ މީހާއަކީ 36 އަހަރު މީހެއް ކަމަށެވެ.

ލޯ ޒަހަމްވި އެ މީހާއަށް ފަރުވާ ދިނުމަށް ސިފައިންގެ އެހީގައި މިހާރު ވަނީ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ.

ފަހަކަށް އައިސް މަހަށް ނުކުމެ އުޅޭ ދޯނި ފަހަރުގައި މީހުންގެ ލޮލުގައި ބުޅި އެޅި ބޮޑެތި ޒަހަމްތައް ވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345