ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްޖެހުނު އިތުރު ދިވެއްސަކު މަރުވެއްޖެ

Dec 11, 2020

ކޮވިޑް-19 ބަލި ޖެހިގެން ފަރުވާ އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.

އެޗްޕީއޭއިން މިއަދު މެންދުރު ފަހު ބުނީ ކޮވިޑް ބަލިޖެހިގެން މަރުވީ ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 11 ވަނަ ބުރީގައި ފަރުވާ ދެމުން އައި 69 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އޭނާ މަރުވީ މިއަދު ހެނދުނު 9:30 ގައެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 48 ވަނަ މީހާ އެވެ.