ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެސްޓްރަޒެނެކާއިން ކޮވިޑަށް ފަރުވާދޭން ދެ ވެކްސިނެއް ބޭނުންކުރަނީ

އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ އިން ކޮވިޑަށް ވަރުވާ ދިނުމަށް ދެ ވެކްސިނަކުން ޑޯޒް ހަދަނީ އެވެ. އަހަރު ނިމޭ ހިސާބުގައި އަޖުމަބަލަން ފަށާ ފަރުވާގައި ހިމެނެނީ އެސްޓްރަޒެނެކާ އިން އުފައްދާ ވެކްސިނާއި ރަޝިއާގެ ސްޕުޓްނިކް ވެކްސިނެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓްމަނޓް ފަންޑްގެ ސީއީއޯ، ކިރިލް ޑިވިޓްރީވް ވިދާޅުވީ ދެ ވެކްސިން އެއްކޮށްގެން ދެވޭ ފަރުވާގެ ކާމިޔާބަށް ބަލައި އަދި ރަނގަޅު ޑޯޒް ކަނޑައެޅުމަށް ފަހު ދެ ކުންފުނި ގުޅިގެން ވެކްސިން އުފައްދާނެ ކަމަށެވެ.

ރަޝިއާގެ ސައިންސްވެރިން ދެކޭ ގޮތުގައި ދެ ވެކްސިނުން އެކުގައި ރަނގަޅު ޑޯޒެއް ދެވިއްޖެ ނަމަ ބަލި ފަސޭހަވުން އަވަސް ވާނެ އެވެ. ސްޕްޓްނިކް ވެކްސިން އަކީ ކޮވިޑަށް ފަރުވާދިނުމަށް ތައްޔާރުކޮށް އެންމެ ފުރަތަމަ ރެޖިސްޓްރީ ކުރި ވެކްސިނެވެ. މި ވެކްސިން އުފައްދާފައި ވަނީ ރަޝިއާގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޮ އެޕިޑިމިއޮލޮޖީންނެވެ.

އެސްޓްރަޒެނެކާއިން ކޮވިޑް ވެކްސިން އުފައްދަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑާ ގުޅިގެންނެވެ. މިއީ ކޮވިޑަށް ވަރުވާކުރުމަށް ގިނަ ގައުމުތަކަކުން އުންމީދުކުރާ ވެކްސިނެކެވެ. ޑްރަގް ރެގިއުލޭޓަރުން މި ވެކްސިނަށް ހުއްދަދިނުމަށް ފަހު ނޫނީ އެސްޓްރަޒެނެކާ އަށް ލިބިފައި ހުރި އޯޑަރުތައް ކުރިއަކަށް ނުގެންދާނެ އެވެ.

އަޖުމަ ބެލުމަށް ކުރާ ޓެސްޓްތަކުން ދައްކަނީ، އެސްޓްރަޒެނެކާ ވެސްކިން 70.4 ޕަސެންޓް ކާމިޔާބު ކަމަށެވެެ. ރަޝިއާ އިން ބުނާ ގޮތުން ސްޕުޓުނިކް ވެކްސިން 90 ޕަސެންޓް ކާމިޔާބެވެ. މި ދެ ވެކްސިނާ ގުޅޭ ގިނަ ޓެސްޓްތައް އަދި ވެސް ދަނީ ކުރެވެމުންނެވެ.

އެސްޓްރަޒެނެކާ އާއި ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑު ގުޅިގެން ކޮވިޑް ވެކްސިނަށް ގެންނަ ކޮންމެ ކުރިއެމެއްގެ ސަބަބުން އާންމުންގެ އިތުބާރު އިތުރުވެގެން ދާނެ އެވެ.