ކުރީގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރުގެ މަންމަ، ފާތިމަތު ހުސައިން އަވަހާރަވެއްޖެ އެވެ.
ފާތިމަތު ހުސައިން އަވަހާރަވީ މިއަދު ހެނދުނު އެވެ.
އޭނާގެ ދަރިކަނބަލުން އާޒިމާ ޝަކޫރު ވިދާޅުވީ އޭނާގެ މަންމަގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގަައި އޮންނާނެ ކަމަށެވެ.
ފާތިމަތު ހުސައިންގެ ބޭފުޅުންގެ ތެރެއިން އާތިފާ އާއި އާޒިމާ އަދި އާތިފް ޝަކޫރާއި އާލިމް ޝަކޫރުވެސް ފާހަގަކުރެވެއެވެ. އެ ހުރިހާ ބޭފުޅުންވެސް ވަނީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައެވެ.