ރާއްޖެ ކުޅިވަރު

އޭއެފްސީގެ މެޗް ކޮމިޝަނަރުކަމުން ޝާހު ސަސްޕެންޑްކޮށްފި

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ މެޗު ކޮމިޝަނަރުކަމުން ޝާހު އިސްމާއިލް ސަސްޕެންޑް ކޮށްފި އެވެ

އޭއެފްސީން ކުރީގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓަރުގެ ނައިބު ކަމުގައި ވެސް ހުންނެވި ޝާހު ވަކި ކުރީ އޭނާގެ އެހީތެރިކަން ރާއްޖޭގެ މުބާރާތްތަކަށް ނުލިބޭ ކަމަށް ބުނެ އެވެ. މީގެ އިތުރުން އެފްއޭއެމްގެ އިންތާހާބާ ގުޅޭ ބައެއް ކަންކަމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ވެސް ކުރީގެ ގައުމީ ކެޕްޓަން ވަކި ކުރުމުގެ ކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޝާހް އޭއެފްސީގެ މެޗް ކޮމިޝަނަރުކަމުން ވަކިކުރިއިރު އަ ނނަ މަހު އޭއެފްސީގެ މެޗު ކޮމިޝަނަރުންގެ ކޮންފަރެންސަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ސަސްޕެންޝަނާ ގުޅޭގޮތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.

ގައުމީ ފެންވަރުގައި 12 އަހަރު ފުޓްބޯޅަ ކުޅުމަށްފަހު ވެލެންސިއާ އާއި ނިއުގެ ކުރީގެ ފޯވަޑް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެފްއޭއެމުގެ ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރުގެ މަގާމުން ފެށިގެން ގޮސް އެތަނުގެ ޖެނެރަލް ސެކްރެޓަރީ ކަމާއި ގައުމީ ޓީމުގެ މެނޭޖަރުކަންވެސްކޮށްފަ އެވެ. އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓު ދެ ފަހަރު ހޯދި ކުރީގެ އެއްވަނަ ފޯވަޑް ޝާހު އަކީ 1998ގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމްގެ ދައުރުގައި އޭއެފްސީ އެކްސްކޯ ގޮނޑި އާޒިމަށް ހޯއްދަވައިދެއްވުމުގެ ހަގީގީ މޭސްތިރިއަކީ ވެސް ޝާހު އެވެ.