ދެ އަހަރަށް ފަހު ތުރުކީން އިޒްރޭލަށް އެމްބެސެޑަރެއް ހަމަޖައްސައިފި އެވެ. އިޒްރޭލުގައި ކުރިން ހުންނެވި އެމްބެސެޑަރު ތުރުކީ ސަރުކާރުން ގައުމަށް ގެންދެވީ އިޒްރޭލުން ފަލަސްތީނަށް ދިން ގެއްލުންތަކަށް ނުރުހުންފާޅުކުރުމު ގޮތުންނެވެ.
އިޒްރޭލުގެ ވެރިރަށް، ޓެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ، ޖެރޫސަލަމް އަށް ބަދަލު ކުރަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން ފަލަސްތީން މީހުންނަށް ވީ ހިތްދަތި ކަމަކަށެވެ. މިކަމަށް އިންކާރުކޮށް ގަޒާގެ މަގުތަކަށް ނުކުތް މީހުންނަށް އިޒްރޭލުން ވަނީ ވަރަަށް އަނިޔާވެރި ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުގައި ހުންނެވި ތުރުކީ އެމްބެސެޑަރު ގައުމަށް ގެންދެވި ސަބަބަކީ އެއީ އެވެ.
ތުރުކީ ސަރުކާރުން މިފަހަރު އިޒްރޭލަށް އައްޔަން ކުރެއްވި އުފުކު އުލުންޓަސް، 40، އަކީ ތުރުކީ ފޮރިން މިސްޓްރީގެ ދަށުން ހިންގާ "ސެންޓަ ފޮ ސްޓްރެޓެޖިކް ރިސާޗް" ގެ ޗެއާމަނެވެ. އުފުކު އުލުންޓަސްއާ ބެހޭ ގޮތުން ބުނެވެނީ އެއީ ވވަރަށް ހީވާގި، އަދި ފަލަސްތީނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ. ކިޔަވާ ވިދާޅުވީ ޖެރޫސަލަމްގައި ހުންނަ ހިބްރޫ ޔުނިވާސިޓީންނެވެ. ހާއްސަވެ ވަޑައިގެން ހުންނެވީ ހިބްރޫ އަދި މިޑްލް އީސްޓް ޕޮލިޓިކްސްއަށެވެ. އުފުކަކީ އީރާން ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ތަޖުރިބާކާރެއް ކަމަށް ވެސް ބުނެވެ އެވެ.
އެމެރިކާ ސަރުކާރުގެ ރިޔާސަތު ބަދަލުވުން އަތްޖެހޭ ފަށުގައި އޮތްއިރު، ތުރުކީން މިގޮތަށް ނިންމެވީ ޖޯ ބައިޑަން އަށް އެއްބާރުލުން ދެއްވުމަށް ކަމަށްވެ އެވެ. މިއީ ތުރުކީގެ ރައީސް، އުރުދުޣާން ވަރަށް މޮޅަށް ކުޅުއްވި ކުޅިއެއް ކަމަށް ވެސް ބުނެވެ އެވެ.
ތުރުކީއާ އިޒްރޭލާ ދެމެދު ދޭތެރެ ދޭތެރެއިން ކަނިކަނޑައިގެން ދެ އެވެ. މަދު ހާލަތެގައި ހުޅުހިފައި ދުވަސްތަކެއް ވަންދެން އަނދައަނދައި ވެސް ހުރެ އެވެ.
ތުރުކީން 2010 ގައި ވެސް އިޒްރޭލާ ގުޅުން ކަނޑާލި އެވެ. އެއީ ގާޒާ އަށް އެހީ ފޯރުކޮށް ދޭން އުޅުނު ތުރުކީ 10 މީހަކު، އިޒްރޭލުގެ ކޮމާންޑަރުން މަރާލުމާ ގުޅިގެންނެވެ. އެއަށް ފަހު 2016 ގައި ގުޅުން ބަދަހިކޮށް އަތްފޮޅާނުލެވިގެން އުޅެނިކޮން އިޒްރޭލުން ގާޒާއަށް ބޮންއެޅީ އެވެ. މި މައްސަލާގައި މޭ 2018 ގައި ތުރުކީން އަނެއްކާ ވެސް ގުޅުން ކަނޑާލައި އެމްބެސެޑަރު ގެންދެވި އެވެ.