ލައިފްސްޓައިލް

ފުވައްމުލަކަށް ފުޅަނގީގެ އީދެއް!

ހުޅަނގު މޫސުމް ނިމުމަކަށް އައިސް އިރުވައި މޫސުން ފަށައި މިއީ މިހާރު މުލަ ނަކަތެވެ. އިރުވައި ފެށޭ ހިސާބުގައި ރާއްޖޭގައި އާއްމުކޮށް މަސްވެރިކަން ރަނގަޅެވެ. ރާއްޖޭގެ އެންމެ ދެކުނުން ދެވަަނައަށް އޮންނަ އާދަޔާ ހިލާފު ރީތި ފުވައްމުލަކަށް މިއޮތީ ފުޅަނގި އީދެއް ލައްވާލާފަ އެވެ.

ރަށުގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށަށް ފުޅަނގި އައިންތައް ވަދެ ފުމެ އަރަން ފެށުމުން އެ ހިފުމުގައި ރަަށުގެ ގިނަ ބަޔަކު އެބަ އުޅެއެވެ. ދެކުނުގެ އެ ސިޓީނން ވާހަކަ ދެއްކި އަލީ ޝަރީފް ބުނި ގޮތުގައި އިއްޔައަކީ އެންމެ ގިނަ މީހުން ފުޅަނގި ހިފަން ނުކުން އެއް ދުވަހެވެ.

"އެކަމަކު މިދިއަ އަންގާރަ ދުވަހު މާ ގިނަ ފުޅަނގި ހިފުނު. ކޮންމެ މީހަކު އަތުގައިވެސް ޖެހުނު ގާތްގަނޑަކަށް 6-10 ވަރަކަށް ފުޅަނަގި. 2 ކިލޯ މީޓަރު މި ސަރަހަައްދަށް އިއްޔެ 1200 ވަރަކަށް މީހުން ފުޅަނގި ހިފުމަށް ނުކުތް." ޝަރީފު ބުންޏެވެ.

ރަށުގެ ހުރިހާ އުމުރެއްގެ މީހުން ކަހަލަ ގޮތަކަށް ފުޅަނގި ހިފަން ނުކުމެ އުޅޭ މަންޒަރާއެކު އެެއްމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.

"އިއްޔެ ވެސް އަސްރަށްފަހު ރުށްފަށުގައި ބައެއް މީހުން އެއްވާން ފަށައިފި. މިއީ ރަށަށް ޒިޔާރަތް ކުރަން ވަރަށް ރަނގަޅު ދުވަސްވަރެއް. ކުޑަކުދިންނަށް ވެސް އުފާވެރި މަޖާ އަދި ދުވަހަކު ވެސް ނުކުރާ ކަހަަލަ ތަޖުރިބާ އެއް މިއޮތީ. އެކަކު ގެންދިޔަ 60 އަދި އަނެއްކަކު ދިޔައީ 70 ފުޅަނގި ހިފައިގެން،"

އެފަހަށް އޮތް އަތޮޅު ހުޅަނގު ފަރާތުގެ ރުށްފަށު ހިޔަލުގައި މިހާރު މީހުން އެއްވެ ތިބެނީ ފުޅަނގި ހިފުމަށެވެ. ފުޅުނގި ހިފުމުގެ ފޯރީގައި އެ ސަރަހައްދަށް އަބަދުވެސް 1200 އެއްހާ މީހުން ޖަމާވެ އުޅެ އެވެ.

"އަސްރުން ފައިބާ ހިސާބުން މި ސަރަހައްދަށް މީހުން ދިޔައީ ޖަމާވަމުން. އެކަމަކު އަންގާރަ ދުވަހުހާ ގިނައިން މިއަދަކު ފުޅަންގެއް ނުހިފޭ" ޝަރީފު ބުންޏެވެ.

ހިފި މަސްތަކަކީ ތެއްލުމުގަ އަދި ގަރުދިޔަ ކެއްކުމުގައި ވެސް އެއްބަޔަކު ދިޔައީ އަވަދި ނެތިއެވެ. އަދި ދުރުތާ ރައްޓެހިންނާއި އާއިލާ އެއްމެން އެއްތަނަކުން ބައްދަލުވެ މި ސަރަހައްދުގައި ވަރަށް ފޯރިގަދަކޮށް ބުދަ ދުވަހު ގިނަ ބަޔަކު ހަރަކާތްތެރިވި ކަމަށް ޝަރީފް ބުންޏެވެ.