ޓޫރިޒަމް

މި އަހަރުގެ ފަސް ލައްކަ ވަނަ ޓޫރިސްޓު ރާއްޖެއަށް

މި އަހަރު ރާއްޖެއަށް އައި ފަސް ލައްކަ ވަނަ ޓޫރިސްޓު ވީއައިއޭގައި: ކުރިން އަންދާޒާ ކުރީ މި އަހަރު 850،000 މީހުން މި އަހަރު އަންނާނެ ކަމަށް -- ފޮޓޯ: އަވަސް
0%
0%
0%

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ފަސް ލައްކަ އަށް އަރައިފި އެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އަށް އައި ފަސް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި އަހަރު އައި ފަސް ލައްކަ ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ކްރިސްޓިން މެޑެލިން އެވެ. އޭނާ ރާއްޖެ އައީ ބައިވެރިޔާއާއެކުގަ އެވެ.

ފަސް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިއުމުގެ އިތުރުން، އޭނާ އަށް ގިނަ ހަދިޔާ ތަކެއް ވެސް ދީފައިވެ އެވެ. އޭނާ އަށް ހަދިޔާ ދިން ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަން އާއި އެލައިޑް އިންސުރެންސް އަދި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. އަދި ކޮކޯ ބޮޑު ހިތި ރިސޯޓުން ވަނީ މި ދެ މީހުންނަށް ހިލޭ ޗުއްޓީ ދަތުރެއް ވެސް ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން އަންދާޒާ ކުރީ މި އަހަރު 850،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް މި އަދަދު ދަށްކޮށް، މި އަހަރު ފަސް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް ފަހުން ބުންޏެވެ. އަދި ކުރިން އަންދާޒާ ކުރީ މި އަދަދު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ގިނަ އެއާލައިންތަކެއް ފަށަމުންދާތީ އަންނަ މީހުންގެ އަދަދު ވަނީ އިންތިހާއަށް މަތިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި 15 ގައި ބޯޑަރު ހުޅުވި ފަހުން އިއްޔެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 115،730 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރޭ

ރާއްޖޭގައި ޒަމާނުއްސުރެއޮންނަ ދޮންމީހުނަށް ޚާއްޞަނަޒަރަކުންބެލުމާއި، ތަފާތުކޮށް ކަންކުރުމަށް އެއްވެސްއިރެއްގައި ތަފާތެއްނުވެއެވެ. ކަންވާންވާނީވެސް އެހެންތާއެވެ! ރަންބިސްއަޅާ ކުކުޅުވިއްޔާއެވެ. އެކަމަކު ދެރަވާންޖެހޭކަމަކީ، މިކޮވިޑާއިގުޅިގެން އެޅޭފިޔަވަޅުތަކުގައި މާލޭގައި ހައްޔަރުކުރެވިފައިތިބި ރާއްޖެތެރެއަށްދާންބޭނުންމީހުނަށް ލުޔެއްނުލިބޭތީއެވެ! ކުރިސްމަހާއި ނިޔުއިޔާއަށް ރިސޯޓުތަކަށް މަޖާކޮށްލައި ސެލިބުރޭޓުކޮށްލާށާއި، މިޔުޒިކުކުޅެލަދީދާންބޭނުން ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ލުއިލިބިދެއްވައިފިއެވެ. އެކަމަކު ޤަބޫލުކުރާގޮތުގައި، ނިޔުއިޔަރ ދިއުމާއިއެކު ތަޅުއަޅުވާނެކަމުގައި ބެލެވެއެވެ. މާލޭގައި ބަންދުކޮށްފަތިބި ރާއްޖޭގެ ރަށްތަކަށްދާންބޭނުންވެފަތިބިމީހުނަށް ލުޔެއްލިބެނެ އެއްވެސްގޮތެއް ނުފެނެއެވެ. ކުންފުނިތަކުން ދަތުރުދާމީހުން ދާވަރަށްއެބަދެއެވެ. މައްސަލައެއްނެތެވެ. ހުރިހައި ބުރައަކާއި ގެއްލުމަކާއި ވޭނެއްއޮތީ ނިކަމެތިމީހާއަށެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345