ހަބަރު

ގައުމީ އިނާމާއި، ހާއްސަ އިނާމު ދިނުން މި މަހު 26 ގައި

Dec 17, 2020

ދައުލަތުން މި އަހަރު ދޭން ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވަނަ ދުވަހަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ، ޖަލްސާ އޮންނާނީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

މި ޖަލްސާގައި ދެވޭ އިނާމުތަކުގެ ތެރޭގައި، ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ހިމެނެ އެވެ.

އިތުރަށް ބުނީ މި ޖަލްސާ އިންތިޒާމު ކުރަނީ ހޯމް މިނިސްޓްރީން ކަމަށާއި، އަދި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)ގެ އިރުޝާދާއެކު ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. އެހެންކަމުން، ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.