އަލިފާން

ކެފޭއެއްގައި ރޯވެ މީހަކު ފިހިއްޖެ

Dec 18, 2020

މަޖީދީ މަގުގެ ކެފޭއެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ. ހެނދުނު ރޯވި އަލިފާން ނިއްވާލީ 11:24 ގައެވެ.

ފުލުހުން ބުނީ މި އަލިފާނުގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ބަންގްލަދޭޝްގެ އެ މީހާގެ ޒަހަމްތައް ސީރިއަސް ނޫން ކަމަށެވެ.

މިއަދު އަލިފާން ރޯވެފައި ވަނީ ސަލްމާން ކެފޭގަ އެވެ. އެ އަލިފާން ރޯވި ސަބަބު ދެނެ ގަތުމަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަލިފާން ރޯވީ އެ ކެފޭގެ ގޭސް ފުޅިއެއްގެ މަތީގައި އޮތް ތުވާއްޔެއްގައި އަލިފާނު ހިފައިގެން ކަމަށް ވެއެވެ.