ހަބަރު

ދިއްދޫގައި ވެސް ހަވާ އަރުވައިފި

Dec 18, 2020
1

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫގައި މިއަދު ބާއްވައި މިރޭ އެ ރަށުގައި ހަވާ އަރުވައިފި އެވެ.

ތިން މަސް ދުވަހަށް މާފިލާފުށީގައި ކުރިއަށްގެން ދިޔަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެއްސީ އުތުރުގެ ތިން ރަށް ކަމަށްވާ ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫ އާއި އެ އަތޮޅު އިހަވަންދޫގަ އެވެ. ޝަރަފުގެ ފުރަތަމަ ހިނގާލުން އިއްޔެ އޮތީ ކުޅުދުއްފުށީގަ އެވެ. މިއަދު ދިއްދޫގައެވެ. މާދަމާ އިހަވަންދޫގަ އެވެ. އެ ރަށުގައި ވެސް ރޭގަނޑު ހަވާ އަރުވަ އެވެ.

މި ތަމްރީނު ކޯހުގެ ދަސްވެނިވުން އޮތީ މި މަހުގެ 15 ވަނަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ހަވާ އެރުވުމަކީ ރާއްޖޭގައި މިހާރު ވެސް ކުޑަކުދިން ވަރަށް އުފާވާ، އެކަމަކު ބޮޑެތި މީހުނަށް ސިޔާސީ ކަމެކެވެ.