ދުނިޔެ

ލަންކާގައި ހިފަހައްޓާފައި ތިބި އިންޑިއާ މަސްވެރިންނާ ބެހޭ ގޮތުން މަޝްވަރާކުރަނީ

ސްރީ ލަންކާ ނޭވީން ހިފަހައްޓާފައިވާ 36 މަސްވެރިންާ ބެހޭ ގޮތުން އިންޑިއާއެކު އޮންލައިން ބައްދަލުވުމެއް ބާއްވަނީ އެވެ. ޑިސެމްބަރު 30 ގައި ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުމުގައި ދޭދޭ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް ބައްދަލު ކުރުމުން ހާސިލު ކުރަން އިންޑިއާއިން ބޭނުން ވަނީ މަސްވެރިންނާ ގުޅުންހުރި މައްސަލަތަކަށަް ހައްލެކެވެ.

ގަވާއިދާ ހިލާފަށް ސްރީ ލަންކާ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު އަސްކަރިއްޔާއިން ހިފަހައްޓަ އެވެ. މިއީ އިންޑިއާ މަސްވެރިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އޮންލައިންކޮށް ދެ ގައުމުގެ ދެމެދުގައި ބާއްވަން އުޅޭ ބައްދަލުވުމަކީ ވެސް މި ޒާތުގެ ކުށެއްޖެހި ހައްޔަރުވެފައި ތިބި މަސްވެރިންނަށް ދޫ ދިނުމަށް ކުރެވޭ މަޝްވަރާއެކެވެ.

ކޮވިޑްގެ ސަބަބުން މަޝްވަރާތަކަށް ހުރަސް އެޅިފައި އޮތް ނަމަވެސް، މައްސަލަ ހައްލު ކުރެވިދާނެ ގޮތަކާ ބެހޭ ގޮތުން ދެ ގައުމުން ވާހަކަދައްކާނެ ކަމަށްވެ އެވެ. އާންމުކޮށް ހެލިފެލިވެ އުޅުމަށް މިހާރު އޮތް ހުރަސްތަކާ އެކު ވެސް މަސްވެރިންނަށް ކޮންމެހެން ލިބެންޖެހޭ އެހީތައް ފޯރުކޮށް ދިނުމަކީ ވެސް އުންމީދެކެވެ. އޭޖެންސީތައް މެދުވެރިކޮށް ނަމަވެސް މަސްވެރިންގެ ކަންބޮޑުވުން ސަރުކާރުން އަހާނެ ކަމަށް އިންޑިއާ ބުނެ އެވެ.

މަސްވެރިންގެ ނަމުގައި ކަނޑު ހުރަސްކޮށް ދަތުރުކުރާ މީހުންގެ އުނދޫ ހުރިހާ ގައުމަކަށް ވެސް ޖެހެ އެވެ. ސަރުކާރުތަކަށް ބަލަން ޖެހިފައި ވަނީ އެއީ ހަމަ ހަގީގަތުގައި ވެސް މަސްވެރިންތޯ އެވެ. ޑްރަގް ހަތިޔާރާއި މަސްތުވާ ތަކެތި ވެސް މަސްވެރި އުޅަނދުފަހަރުގައި އުފުލަ އެވެ. އެގަހު ކޭލެއް މިގަހު ކޭލެއް، މަސްވެރިންނެއް ޑްރަގް ޑީލަރުންނެއް ވަކިކުރަން ނޭނގޭތީ ހައްޔަރަށް ދާން ޖެހެނީ އެވެ.