ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެއިން ހިފެހެއްޓި އިންޑިއާ މަސްވެރިން ދޫކޮށްލައިފި

Mar 11, 2021

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް ފެބްރުރައީ 24 ގައި އަތުލައިގަތް އިންޑިއާގެ މަސްވެރިންގެ އަށް އެމީހުންގެ އުޅަނދާއެކު ދޫކޮށްލައިފި އެވެ.

ޓަމިލްނާޑޫއަށް ނިސްބަތްވާ މަސްވެރިން އުޅަނދާއެކު އަތުލާފައި ވަނީ ހދ. ކުޅުއްދުފުށި ސަރަހައްދުންނެވެ. ދިވެހިރާއްޖޭގެ ދިފާއިީ ބާރުތަކުން އެމީހުން ހިފެއްޓި ސަބަބެއް ކަމަށް އިންޑިއާ ނޫސްތަކުން ބުނަނީ ހުއްދަނެތި ރާއްޖޭގެ އިމަށް ވަނުމުން ކަމަށެވެ.

އަވަށްޓެރި ގައުމުތަކުގެ އުޅަނދުފަހަރު މަސްވެރިކަން ކުރަން ކަނޑަށް ނުކުމު އުޅުމުގެ ތެރޭގައި މޫސުން ގޯވެސްވެ ނުވަތަ އިންޖީން ހަލާކުވެގެން ވެސް މިސްރާބު އޮޅި ބެހެ އެވެ. އަދި ގަސްދުގައި ނޫނަސް ކައިރި ގައުމުތަކުގެ އިމަށް، ކަނޑުގެ ސަރަހައްދަށް ވަދެވެ އެވެ.

މަސްވެރިކަން ކުރަން ކަމަށް ބުނެ އޮޅުވާލައިގެން އެހެން ގައުމުތަކަށް އަރައި ޑްރްގް އަދި ވަގުވިޔަފާރިކުރާ އުޅަނދުފަހަރު ވެސް އުޅެ އެވެ. އިންޑިއާއިން މިދާކަށް ދުވަހު ވަނީ ސްރީލަންކާގެ ތިން މަސްބޯޓެއް ކަނޑުމަތިން ހިފަހައްޓާފަ އެވެ. ފަހުން އެގުނު ގޮތުން އެމީހުންގެ މަސައްކަތަކީ ޑްރަގް ވިޔަފާރިކުރުމެވެ. އިންޑިއާއިން ވަނީ އެމީހުން ބާނާފައި ހުރި މަސްކޮޅު ރައްކާތެރިކޮށްދީފަ އެވެ. އަދި ތަހުގީގަށް މީހުން ހިފަހައްޓާފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅޭ އުޅަނދުފަހަރު ކޯސްޓް ގާޑުން ހިފަހައްޓައި އެމީހުން ހާލަތު ބަލަނީ މިބުނި ކަހަލަ ހަރަކާތެއް ހިންގާތޯ އެވެ. އެނޫން ގޮތެއްގައި ޑިޕްލޮމެޓިކް ހަމަތަކުން މަތިން އެބައެއްގެ ގައުމަށް ފޮނުވާލުުގައި ދިވެހި ސަރުކާރުން އަބަދުވެސް އެހީތެރިވެދެ އެވެ. އިންޑިއާގެ މަސްވެރިން މިފަހަރު ދޫކޮށްލުމުގައި، ރާއްޖޭގެ ކަނޑު ސަރަހައްދުން އެމީހުން އުލަނދާއެކު ނިކުންނަންދެން ކޯސްޓް ގާޑުން އެހިތެރިވެދިންކަން އިންޑިއާ ނޫސްތަކުގައި ފާހަގަކޮށްފަައިވެ އެވެ.

އިންޑިއާ މަސްވެރިން ޓަމިލްނާޑޫއަށް ފޯރާނެ ކަމަށް ވަނި މިމަހު 14 ވަނަ ދުވަހު އެވެ.