އުރީދޫ

އުރީދޫން ވީއައިއޭގައި ދޭ ހިދުމަތް ރަނގަޅު ކޮށްފި

އުރީދޫ މޯލްޑިވްސް އިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދެމުން ގެންދާ ހިދުމަތް ބޮޑުތަނުން ރަނގަޅު ކޮށްފި އެވެ.

މި އަހަރު ރާއްޖެއަށް ފަސްލައްކަ ވަނަ ފަތުރުވެރިޔާ އައުމާ ގުޅިގެން، އުރީދޫގެ ސީއީއޯ ނާޖިބް ހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ ކުންފުނިން ވީއައިއޭގައި ދެމުން ގެންދާ ހިދުމަތް ބޮޑު ތަނުން ރަނގަޅުކޮށްފައިވާނެ ކަމަށެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި ރާއްޖެ ފުރަބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި އިރު ރާއްޖެ އައިސްފައިވަނީ، އަތުން ގުނައިލެވެހާ މަދު ފަތުރުވެރިން ކޮޅެއް ކަމަށެވެ. ނަމަވެސް އެ އަދަދު އިތުރުވަމުން ގޮސް މިއަދު ހީނުކުރާ ވަރަށް ފަތުރުވެރިން އަންނަމުންދާ ދަނޑިވަޅެއްގައި އެ ކުންފުނިން ވީއައިއޭގައި ދޭ އިންޓަނެޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫގެ ޓުވީޓް

އުރީދޫން އިން ވީއައިއޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ އިތުރުން ރާއްޖެ އަންނަ މީހުންނާއި ފުރާ މީހުންނަށް ފަސޭހައިން ފޯނު ޗާކު ކޮށްލުން ފަދަ ހިދުމަތްތައްވެސް ދެމުން ގެންދެ އެވެ.