ހަބަރު

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ޔަގީންކުރަން ކެމްޕޭނެއް

ނޭޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކެމްޕޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ: އަވަސް
100%
0%
0%

މަސައްކަތުގެ މާހައުލަކީ ނުރައްކާތެރި ބަލިތަކުންނާއި އެކްސިިޑެންޓް ތަކުުން ސަލާމަތްވެފައިވާ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އާއި ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިއަދު ހަވީރު ދަރުބާރުގޭގައި އިފްތިތާހު ކުރި އެ ކެމްޕޭނުގެ މަގުސަދަކީ ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން އަނިޔާވާ މީހުންނާއި ދުނިޔެ ދޫކުރާ މީހުންގެ އަދަދު މަދުކުރުމެވެ. އެ ކެމްޕޭނު އިފްތިތާހު ކޮށްދެއްވީ މާލޭ މޭޔަރު ޝިފާ މުހައްމަދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ހިތާމަވެރި ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެކަމުން ސަލާމަތްވުމުގެ މަސައްކަތް ފަށަން ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ރައްކާތެރި ފިޔަވަޅުތައް ގާނޫނުގަ ލިޔެެވިފަ އޮންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ނަގާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ޑރ. ޝާހް މާހިރު -- ފޮޓޯ: އަވަސް

ޝާހް ވިދާޅުވީ މަސައްކަތުގެ މާހައުލުން ޖެހޭ ބަލިތައް ގިނަ ބައިތަކަށް ބެހޭއިރު އެއީ ނަފްސާނީ، ޖިސްމާނީ ނުވަތަ އެނޫންވެސް ގޮތަކަށް ޖެހޭ ބައްޔަކަށް ވެދާނެ ކަމަށެވެ. މަސައްކަތުގެ މާހައުލުން ލިބޭ ގެއްލުންތަކަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންވެސް ލިބޭ ގެއްލުންތަކެއް ކަމަށްވެސް ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެކަންކަމުން ސަލާމަތްވެވޭނީ ދުރާލާ އެކަމަަށް ފިޔަވަޅު އެޅިގެން ކަމަށާއި މިއަދު އެ އިފްތިތާހު ކުރިި ކެމްޕޭނާ އެކު އެކަމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ކެމްޕޭނު އަންނަ އަހަރުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ކެމްޕޭނުގެ ދަށުން މީޑިޔާތައް މެދުވެރިކޮށް މަސައްކަތްތެރިން އަހުލުވެރިކުރުމާއި، ފަޔާ ސޭފްޓީ އާއި ފަސްޓްއެއިޑް ފަދަ ޓްރެއިނިންގް ޕުރޮގުރާމުތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345