ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާދަމް ޝަރީފު އުމަރު

ޒިންމާ ނުނެގުމަކީ ގައުމީ މައްސަލައެއް: އާދަމް ޝަރީފް

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމަން ޖެހޭ ބޮޑެތި ކަންކަން ނުނިންމާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބޮލުގައި އެ ޒިންމާ އެޅުވުމަކީ ގައުމީ މައްސަލައެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު ވިދާޅުވީ ދުނިޔޭގެ އާބާދީ މާ ބޮޑެތި ގައުމުތަކުގައިވެސް އިންތިހާބުތައް ބާއްވައިފި ކަމަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑުގެ ސަބަބުން ވަނީ ފަސްކުރެވިފައެވެ. މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ބުނީ އަންނަ އަހަރުގެ ޖެނުއަރީ ފެށޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

އާދަމް ޝަރިފް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާ މައްސަލައަށް ދައުލަތުން ހައްލެއް ހޯދައިދިނުމަށް ގޮވާލައްވައިފަ އެވެ.