ދުނިޔެ

ގުރީކު ފުލުހުން ތުރުކީ ކޮންސިއުލާ އޮފިޝަލަކު ޖާސޫސްކުރި ކަމަށް ބުނެ ހައްޔަރުކޮށްފި

ގުރީކު ރޯޑްސް އައިލޭންޑްގައި ހުންނަ ތުރުކީ ކޮންސިއުލާ އޮފީހުގައި މަސައްކަތްކުރާ އޮފިޝަލަކު، ޖާސޫސްކުރި ކަމަށް ބުނެ އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ވަނީ ހިފަހައްޓައި ސުވާލުކޮށްފަ އެވެ. ތުރުކީ އަށް ޖާސޫސްކޮށްދޭ ކަމަށް ބުނެ އިތުރު އެހެން މީހަކު ވެސް ވަނީ ހިފަހައްޓާފަ އެވެ. މި ދެމީހުންނަކީ ވެސް ގުރީކު ރައްޔިތުންނެވެ.

ގުރީކު ފުލުން ބުނީ ދެވަނަ އަށް ހައްޔަރުކުރީ ތުރުކީ ބަނދަރާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ގުރީކު ރަށަކާ، ތުރުކީއާ ދެމެދު ދަތުރުކުރާ ބޯޓެއެއްގައި ކައްކާއަކަށް އުޅޭ މީހެއް ކަމަށެވެ.

ތުރުކީ އަށް ނިސްބަތްކޮށް ގުރީކުން ދެ މީހަކު ހިފަހައްޓައި ހައްޔަރުކުރުމަކީ މިހާރު ވެސް އުދާސްވެފައި އޮތް ދެގައުމުގެ ގުޅުމަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމެކެވެ. މަސްރަހުގެ ހޫނުކަން މައްޗަށް ޖެހިލައިގެން އުޅޭތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.

ތުރުކީއާ ގުރީކާ ދެމެދު ނުތަނަވަސްކަން އިތުރުވާން މެދުވެރިވީ، ދެގައުމު ހިއްސާކުރާ ކަނޑުގެ ސަރަހައްދުން ތުރުކީން ތެލާއި ގޭސް ހޯދަން މަސައްކަތްކުރާ ކަމަށް ގުރީކުން ތުހުމަތުކޮށް ޔޫރަޕިއަން ޔޫނިއަންގައި ޝަކުރާކުރުމުންނެވެ.

އަދި ތުރުކީ އަށް ދަތިކުރަން ފިޔަވަޅުއަޅައި ދިނުމަށް އެދުމުންނެވެ.

ތުރުކީން ހަތިޔާރު ގަންނަން ކުރާ މަސައްކަތްތަކަށް ވެސް ގުރީކުން ދަނީ ހުރަސްއަޅަމުންނެވެ. ގުރީކުން ބުނާ ގޮތުގައި ތުރުކީން ހޯދާ ހަތިޔާރުން، ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކަށް ވެސް ހަމަލާދީފާނެ ކަމަށެވެ. އެހެންވެ، ތުރުކީއަށް ހަތިޔާރު ވިއްކުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.