ވިޔަފާރި

ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ޕިކް ޕޯސްޓެއް ހުޅުވައިފި

Dec 20, 2020
1
ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ޕޯސްޓް އޮފީހުން ބެހެއްޓި ޕިކް ޕޯސްޓު ސްޓޭޝަން -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ޕިކް ޕޯސްޓު ސްޓޭޝަނެއް ހުޅުވައިި، ހިދުމަތް ފަށައިފި އެވެ.

ޕޯސްޓުގެ ހިދުމަތް ރާއްޖޭގައި ދޭ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނި ގޮތުގައި އެ ކުންފުނިން ދޭ ޑެލިވަރީގެ ހިދުމަތް ފުޅާކޮށް ވަރުގަދަ ކުރުމުގެ ގޮތުން ހުޅުވި "ޕިކް ޕޯސްޓް" ސްޓޭޝަންއަކީ މިގޮތުން ގާއިމް ކުރި ހަތަރު ވަނަ ސްޓޭޝަން އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕިކް ޕޯސްޓުގެ ހިދުމަތްތަކީ ޕޯސްޓުގެ ހިދުމަތަކަށް އިތުބާރު ގާއިމް ކުރުމަށްޓަކައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަން ތަކެއް ކަމަށެވެ.

އަދި ރާއްޖޭގެ މޭލް އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާއިރު، ޕިކް ޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމަކީ އެ ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންއެއް ކަމަށެވެ. މި ހިދުމަތުގެ ސަބަބުން 24 ގަޑިއިރު ޕާރްސަލް ނެގުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.

ޕޯސްޓް އޮފީހުން ބުނި ގޮތުގައި މާލެ ސަރަހައްދަށް މި ހިދުމަތް ފުޅާކޮށް، މި ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ދޭން އިތުރު ދެ ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345